އެސްޓީއޯ ‏ޕީޕަލްސް ޗޮއިސްގެ އިތުރު ރެކްތަކަކާއި، ރެކްގެ ހަރުފަތްތަކެއް ކުއްޔަށް ދޫކުރަނީ

އެސްޓީއޯ ‏ޕީޕަލްސް ޗޮއިސްގެ އިތުރު ރެކްތަކަކާއި ރެކްގެ ހަރުފަތް ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. އެސްޓީއޯއިން މިއަދު ބުނީ އެ ތަނުގައި އަމިއްލަ މުދާ ވިއްކަން ބޭނުންވާ ފ...

28 Apr 2022 | 14:08

އެސްޓީއޯ ‏ޕީޕަލްސް ޗޮއިސްގެ އިތުރު ރެކްތަކަކާއި ރެކްގެ ހަރުފަތް ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ތަނުގައި އަމިއްލަ މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް އިތުރު ރެކްތަކަކާއި ރެކްގެ ހަރުފަތްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ދޫކުރާނީ އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

މީގެ އިތުރުން އެކި ރެކްތަކާއި ހަރުފަތްތައް އުޅޭނީ އެކި އަގުގައި ކަމަށާއި އަގު ކަނޑައަޅާފައިވާނީ އެ ފަރާތަކުން ހިޔާރުކުރާ އައިޓަމެއްގެ ގޮތުން ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

އެސްޓީއޯއިން ބުނީ ރެކް އަދި ރެކްގެ ހަރުފަތްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން sto.mv އިން ރެކް ވެންޑާ ފޯމު ޑައުންލޯޑްކޮށް، ފުރިހަމަ ކުރުމަށް ފަހު [email protected] އަށް ފޮނުވުމަށެވެ.

އެ އަށް ފަހު އެސްޓީއޯ އިން ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ދޫކުރާނެ އަދި ކުއްޔަށް ދޭ ފަރާތްތައް ނަގާނެ ގޮތުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އެސްޓީއޯއިން ހާމަކޮށްފައި ވެއެވެ.

އަދި ކުއްޔަށް ދޫކުރާ ރެކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވިޔަފާރި ފެށުމުގެ ފުރުސަތު އެ ފަރާތަކަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު 1422 އަށް ގުޅުއްވުމުން ލިބޭނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

އެސްޓީއޯ ޕީޕަލް ޗޮއިސް މަރާމާތު ކުރުމަށްފަހު ބޮޑެތި ބަދަލުތަކަކާ އެކު އަލުން ހުޅުވީ އެ ތަނުގައި އެހެން ވިޔަފާރިތަކުގެ މުދާ ވިއްކަން ބެހެއްޓޭ ގޮތަށެވެ.

އެއާއެކު އަމިއްލަ ނުވަ ވިޔަފާރިއަކާ އެކު އެއްބަސްވުން ހަދައި އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް