1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ އެންމެ ފަހު ޕްރޮގްރާމް މިރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
އިސްލާމިކް މިނިސްޓްރީން "އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި" މި މައުޟޫޢުއަށް މިރޭ ފޯރަމްގައި ތަޤްރީރު ކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ފައްޔާޟް ޢަލީ މަނިކު ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 12 ޕްރޮގްރާމް މިހާތަނަށް ބާއްވާފައިވާއިރު ރާއްޖޭގެ އެކި ސިޓީތަކާއި އިސްލާމިކް ސެންޓަރު ހުރި ރަށްތަކުގައިވެސް ވަނީ މި ފޯރަމް ބާއްވާފައި ކަމަށެވެ.
މި ފޯރަމްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވިގެން ދެވޭ ބޮޑު އިނާމުގެ ނަސީބުވެރިންވެސް މިރޭ އިޢުލާންކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އަތޮޅުތަކާއި މާލެއަށް ވަކިން 1ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާލެވޭ މި އިނާމުތަކުގެ ތެރޭގައި 01 ވަނައަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސެމްސަންގ ގެލެކްސީ 22 ޕްލަސް ފޯނެއް، 03 ވަނައަށް ދާ ފަރާތަކަށް 65 އިންޗީގެ ޓީވީއެއް އިނާމުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް