އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ރޯދަ އިނާޔަތް ދިނުމަށް ޤާނޫނު އިސްލާހުކުރަނީ

އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރަމަޟާން މަހުގެ އިނާޔާތް ލިބޭ ގޮތް ހަމަޖެއްސުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އ...

28 Apr 2022 | 09:12

އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރަމަޟާން މަހުގެ އިނާޔާތް ލިބޭ ގޮތް ހަމަޖެއްސުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

މި މައްސަލަ އެލްޖީއޭގެ ބޯޑަށް ހުށަހަޅުއްވާފައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ނުލިބޭތީ، އެލްޖީއޭގެ ބޯޑުގައި އަތޮޅު ކައުންސިލުތައް ތަމްސީލުކުރައްވާ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލްއެވެ.

އެގޮތުން ނިމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ހޯދައި ދިނުމަށް ހުށަހެޅުއްވި މައްސަލަ އިއްޔެ އެލްޖީއޭގެ ބޯޑުގައި އެޖެންޑާކޮށް، އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެކަމުގައި ޓަކި ޖެހި ފުރަތަމަ ދޮރު ހުޅުވިގެން ދިޔައީ އެކޮމެޓީތަކުގެ މެންބަރުންނަށް އުންމީދު ގެނެސްދީފައި ކަމަށާއި، އެ ހައްގު ހޯދައި ދިނުމުގައި ދެމިހުންނަވާނެކަމަށް ނިމާލް ވިދާޅުވިއެވެ.

އަދި އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތްކުރާ ނަމަ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދޭނެ ކަމަށް

ނިމާލްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ރޯދަ އެލަވަންސްގެ ގޮތުގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ ދޭންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް