މިފްކޯއިން އެކްސްޕޯޓްކުރާ މަސް ޖަޒީރާ ރީފާ އިން އުފުލަން ފަށައިފި

މިފްކޯއިން އެކްސްޕޯޓު ކުރާ މަސް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް، އެ ކުންފުނިން އަލަށް ގެނައި 2500 ޓަނުގެ ރީފާ ވެސަލް "ޖަޒީރާ ރީފާ" ފަށައިފިއެވެ. މިފްކޯ އިން ގަންނަ މަސް އެ ބޯޓުގައި އެކްސްޕޯޓު ކުރަނ...

28 Apr 2022 | 08:07

މިފްކޯއިން އެކްސްޕޯޓު ކުރާ މަސް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް، އެ ކުންފުނިން އަލަށް ގެނައި 2500 ޓަނުގެ ރީފާ ވެސަލް "ޖަޒީރާ ރީފާ" ފަށައިފިއެވެ.

މިފްކޯ އިން ގަންނަ މަސް އެ ބޯޓުގައި އެކްސްޕޯޓު ކުރަން ފެށީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި ބޯޓުން އެކްސްޕޯޓުކުރާ މަސް ގެންދާނީ ތައިލެންޑަށް ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިފްކޯ އިން ހާމަކުރާ ގޮތުގައި އެ ބޯޓުގައި މަސް ރައްކާ ކުރަނީ، އީޔޫ އާއި އައިއޯޓީސީގެ މިިންގަނޑަށް ފެތޭ ގޮތަށެވެ.

މިފްކޯއިން ބުނީ ޖަޒީރާ ރީފާ ބޯޓުގެ އެންމެ ބޮޑު މަޤްސަދަކީ މަސް ގަނެވޭ މިންވަރު އިތުރުކޮށް އެ މަހަށް ދުނިޔޭގެ ބާޒާރުން ލިބޭ އެންމެ ރަނގަޅު އަގު ހޯދައި، ދިވެހި މަސްވެރިންނަށް އޭގެ މަންފާ ހޯދައިދިނުން ކަމަށެވެ.

މީގެ އިތުރުން މި ބޯޓު ބޭނުން ކުރާނީ މަސް އެކްޕޯޓް ކުރުމަށާއި ސްޓޯރޭޖެއްގެ ގޮތުގައި ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.

ޖަޒީރާ ރީފާގެ ދަތުރުތަކާއެކު މިފްކޯ އިން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް އަވަސްވެ، ހަރަދު ކުޑަވާނެ ކަމަށް އެ ކުންފުނިިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް