އެސްޓީއޯގެ އަހަރީ ރިޕޯޓު ޝާއިއުކުރުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހަށް އިތުރު ކޮށްފި

އެސްޓީއޯގެ އަހަރީ ރިޕޯޓު ޝާއިއުކުރުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހަށް އިތުރު ކޮށްފިއެވެ. އެސްޓީއޯ އިން ބުނީ ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސް އަދި ސީއެމްޑީއޭގެ ސެކިއުރިޓީޒް ދޫކުރާ ފަރާތ...

28 Apr 2022 | 08:02

އެސްޓީއޯގެ އަހަރީ ރިޕޯޓު ޝާއިއުކުރުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހަށް އިތުރު ކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސް އަދި ސީއެމްޑީއޭގެ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތުހާމަކުރުމުގެ ޒިންމާއާބެހޭ ޤަވާއިދުގެ  ދަށުން، ލިސްޓެޑް ކުންފުނިތަކުން މި އަހަރުގެ އަަހަރީ ރިޕޯޓް އާންމުކުރަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 އޭޕްރިލް ކަމަށެވެ.

ނަމަވެސް އެސްޓީއޯ ގްރޫޕްގެ ބައެއް ކުންފުނިތަކުގެ 2021 ވަނަ އަހަރުގެ އޮޑިޓް ނިންމުމުގައި ލަސްތަކެއް ދިމާވުމާއެކު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ހުއްދައާއެކު، މި ރިޕޯޓް އާންމުކުރާ މުއްދަތު 15 މެއި 2022 އާއި ހަމައަށް އިތުރުކުރެވިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ކުއާޓާލީ ރިޕޯޓުތަކަށް ބަލާއިރު އެސްޓީއޯއިން ވަނީ މުޅި ޖުމްލަ 131 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ.

މުޅި އަހަރުގެ ޖުމްލަ އާމްދަނީ އުޅެނީ 10 ބިލިއަން ރުފިޔާގައެވެ. އަދި މިއީ 2020 ވަނަ އަހަރާ އަޅާބަލާ އިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއާއެކު ޓެކުހަށް ކެނޑުމަށް ފަހު، މުޅި އަހަރުގެ ސާފު ފައިދާ 478 މިލިއަނަށް އަރާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް