ޢީދު ބަންދުގައި އާސަންދައިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.
އާސަަންދަ ކުންފުނިން މިއަދު ބުނީ ޢީދު ބަންދުގައި އާސަންދަ ކަސްޓަމަރ ސަރވިސް ފްރަންޓް އޮފީސް ހުޅުވިފައި ހުންނާނީ މެއި މަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހު ކަމަށެވެ.
އެ ދުވަހސްތަކުގައި ހިދުމަތް ދޭނީ ހެނދުނުު 09:00 އިން މެންދުރު 13:00 އަށް ކަމަށް މައުލޫމާތުދެ އެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ 1400 އަށް ގުޅުމަށް އެދިފައެވެ.
އާސަންދަ ކުންފުންޏަކީ ދިވެހިރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ މަސައްކަތައްތައް ހިންގާ ބަލަހައްޓާ ކުންފުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް