އަންނަ ހަފްތާގައި އަންނަ ފިތުރު އީދު ބަންދާއި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އައިޖިއެމްއެޗުގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އަންނަ ހަފްތާގައި ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 4:00 އަށް ކަމަށެވެ.
އާދިއްތަ ދުވަހާއި ހޯމަ ދުވަސް އަދި ބުރާސްފަތި ދުވަހު ބަންދު ވާނެ އެވެ.
އެކަމަކު ހުރިހާ ދުވަހެއްގައިވެސް އައިޕީޑީ އާއި އިމަޖެންސީ ހިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެ އެވެ.
ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފިތްރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. އަދި މަސައްކަތް ތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި އެއް ވަނަ ދުވަހެވެ.
އީދު ބަންދާއި ދިމާކޮށް ސަރުކާރުން ވަނީ ހަފްތާއެއްގެ ޗުއްޓީއެއް ދިނުމަށް އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް