އެންމެ ދެކުނުގެ ފަސް އަތޮޅަ މިއަދު މެންދުރާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ މޫސުން ގޯސްވާނީ ލ، ގއ، ގދ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށް ކަމަށެވެ. އެ އަތޮޅުތަކަށް ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.
އެލާޓު ނެރެފައިވަނީ ހެނދުނު8:15 ން މެންދުރު1:00 އާއި ދެމެދަށެވެ.
މިވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުރުރާނެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު22 މޭލާއި27 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް