ނޭޕާލުގައި ތިބި ދިވެހިން މިރޭ ދަންވަރުގެ ވަގުތެއްގައި ރާއްޖެއަށް ގެނެވޭ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އެމީހުން ރާޢްޖެ ގެނޭވީ މިރޭ ގާތްގަނޑަކަށް ދަންވަރު 03:30 ހާއިރު ކަމަށެވެ. މޯލްޑިވިއަންގެ ފްލައިޓް، ނޭޕާލަށް ދިއުމުގެ ހުއްދަ އަދިވެސް ލިބިފައިނުވާތީ ނޭޕާލްގައި ތިބި ދިވެހިން ރާއްޖެ ގެންނަނީ ބަންގްލަދޭޝްގެ ބީމާން އެއާލައިން މެދުވެރިކޮށް ދިވެހިން ބަނގުލަދޭޝްއަށް ގެންގޮސް ބަންގްލަދޭޝް މަގުންނެވެ.
މިހާރު އެ އެއާލައިންގެ ފްލައިޓް ޑާކާއިން ފުރާފައިވާއިރު އެއީ ޗާޓާކޮށްގެން ދާ ފްލައިޓެކެވެ. މޯލްޑިވިއަންއިން ބުނީ އެ މަސައްކަތް ކުރަނީ ފޮރިންގ މިނިސްޓްރީއާއި ބަންގްލަދޭޝް ހައިކޮމިޝަން މެދުވެރިވެގެން ކަމަށެވެ.
ނޭޕާލްގައި ތިބި ދިވެހިން ރާޢްޖެ ގެނައުމުގެ ހުރިހާ ހަރަދެއް ކުރަނީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުންދާ ފަންޑަކުންނެވެ.
ނޭޕާލު އެއާޕޯޓަށް ޖެއްސުމަށް އިސްކަންދެނީ އެގައުމަށް ސާމާނު ހިފައިގެން ދާ ފްލައިޓްތަކަށެވެ.
މިހާތަނަށް ބެލިއިރު ނޭޕާލުގައި 110 ވަރަކަށް ދިވެހި ކިޔަވާކުދިން ތިބިކަމަށް ފޮރިންގ މިނިސްޓްރީން ބުނެ އެވެ.
ނޭޕާލުގެ ކަތަމަންޑޫއަށް ރިކްޓާ މިންގަނޑުން 7.9 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 4000 އަށްވުރެ ގިނަ މީހުން މަރުވެ ގިނަ ރައްޔިތުން ހާލުގައިޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް