ބ. ގޮއިދޫގައި ބަޔަކުމީހުން ގްރޫޕު ހަދައިގެން އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު ހޯދަން ފަށައިފި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދަނީ ބ. ގޮއިދޫ، ފަތިސް، ޔާމީން ފައިސަލް، 24 އެވެ.
ފުލުހުން ބުނީ ޔާމީން ހޯދަމުން ދަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލައިގައި ފައިސަލްގެ އިތުރުން ބަޔަކު ބައިވެރިވެފައިވާކަމަށް ފުލުހުން ބުނެ އެވެ.
އެގޮތުން ކޯޓު އަމުރެއްގެ ދަށުން ދެ ދިވެހިން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެ ދެމީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އަދި 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ފޮރެންސިކް ތަހުލީލު ރިޕޯޓުތަކުން ލިބިފައިވާ މައުލޫމާތަށް ބަލައިގެން ކަަމަށް ފުލުހުން ބުންޏެވެ. އަދި ޔާމީންގެ މައްޗަށޤ ތުހުމަތުކޮށް އޭނާ ހޯދަނީވެސް ފޮރެންސިކް ތަހުލީލު ރިޕޯޓުގެ މައްޗަށް ބިނާކޮށެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް