ކުރީގެ ރައީސް ނަޝީދަށް ހަމައެކަނި އެމްޑީޕީގެ މެންބަރުކަމުގައި ހުރެވޭގޮތަށް ބިލް ފާސްކޮށްފި

ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި އުޅެވުނަސް، ޕާޓީގެ މަގާމެއް ނުފުރޭ ގޮތަށް، ޖަލުތަކާއި ޕެރޯލްގެ ގާނޫން އިސްލާހުކުރުމަށް  ރައްޔިތުންގެ މަޖިލީހުން ...

28 Apr 2015 | 09:51

ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި އުޅެވުނަސް، ޕާޓީގެ މަގާމެއް ނުފުރޭ ގޮތަށް، ޖަލުތަކާއި ޕެރޯލްގެ ގާނޫން އިސްލާހުކުރުމަށް  ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލާ އެއްކޮޅަށް 40 މެންބަރުން ވޯޓުދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓުދެއްވީ ދެ މެންބަރުންނެވެ. ދެން ތިއްބެވި މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.

މި ބިލް މަޖިލީހުން ފާސްކުރީ، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން މި ބިލް ދިރާސާ ކުރި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެހެވެ.

މި ބިލް މަޖިލީހުން އަލުން މި ފާސްކުރީ، ގައިދީންނަށް ސިޔާސީ ޕާޓީތަކުގެ މަގާމުތަކާއި މެންބަރުކަމުގައި ވެސް ނުތިބެވޭ ގޮތަށް އެ ގާނޫނު އިސްލާހުކޮށް، މާޗް 30 ގައި މަޖިލީހުން ފާސްކުރި ބިލް، ރައީސް ޔާމީން ތަސްދީގު ނުކުރައްވައި މި މަހުގެ ހަތް ވަނަ ދުވަހު އަނބުރާ މަޖިލީހަށް ފޮނުވައިލެއްވުމުންނެވެ.

މި ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވީ ބިލްގައިވާގޮތުން ގާނޫނާއި ފުށޫއަރާ ކަންތައްތަކެއް ހުރިކަމަށް ބަންޑާރަ ނާއިބް ލަފާދެއްވުމުން ކަމަށް ރައީސް އޮފީހުން އޭރު ބުންޏެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް މަޖިލީހުން އެންމެ ފުރަތަމަ ގެނައި އިސްލާހުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ސިޔާސީ ޕާޓީގެ މެމްބަރަކަށް ނުވެވޭގޮތަށް ކަނޑައަޅާފަވެ އެވެ.

މިހާރު ބިލް އޮތް ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރައީސްގެ މަގާމު ގެއްލުނަސް ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް