ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ރާޒީ އިލެކްޝަނަށް ފޯމް ހުށަހަޅުއްވައިފި

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރާޒީ އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ. މ. މަޑުއްވަރީ ކާނިގޭ ރާޒީ އަަށް އެމްޑީޕީގެ ޓި...

28 Apr 2015 | 08:33

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރާޒީ އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

މ. މަޑުއްވަރީ ކާނިގޭ ރާޒީ އަަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވީ، ޕްރައިމަރީ އަށް ކުރިމަތިލެއްވި މ. ތްރީއޭވިލާ އިބްރާހީމް ޖިހާދު ނަން އަނބުރާ ގެންދެވުމުންނެވެ.

ދިއްގަރު ދާއިރާގެ ޕްރައިމަރީ ބާއްވަން އެމްޑީޕީން ނިންމީ އިދިކޮޅު ޕާޓީތަކުން އެ ދާއިރާގެ ބައި އިލެކްޝަންގައި އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ. އެ މަޝްވަރާތަކުގެ ކުރިން އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ. ނަމަވެސް އިއްޔެ ވަނީ ވާދަ ނުކުރާނެކަމަށް ވިދާޅުވެފަ އެވެ.

ވެރިކަންކުރާ ޕީޕީއެމުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިއަދު 03:00 އަށެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް