ލ. މުންޑޫގައި ހިންގި މާރާމާރީއެއްގައި އެ ރަށު ނޫވިލު، އަލީ ޒިޔަދަމް 29، މަރުވި މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގަ ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލާގައި ދައުވާކުރަން ފޮނުވީ، މުންޑޫ ބީޗްވިލާ އަލީ ޝިފާން 29، އާއި އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫން 24، ގެ މައްޗަށެވެ. އެމައްސަލައާއި ގުޅިގެން އެ ދެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
އެ ދެ މީހުންގެ އިތުރުން ވެސް އެ މައްސަލާގައި މުންޑޫން ދެ މީހަކު ހައްޔަރުކުރި އެވެ. ފުލުހުންގެ ތަހުގީގަށް ފަހު، އެ ދެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް