ސައިކަލްތަކަށް ނެގި ފައިސާ އަނބުރާ ދޫކުރަން ފަށައިފި

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެ އަށް އެތެރެކޮށްފައިވާ ސައިކަލްތަކަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނުގެ ދަށުން ނެގި ފައިސާ އަނބުރާ ރައްދުކުރަން ފަށައިފި އެވެ. ކަސްޓަމްސްއިން ބުނީ މިމަހުގެ އެކަ...

28 Apr 2015 | 06:22

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެ އަށް އެތެރެކޮށްފައިވާ ސައިކަލްތަކަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނުގެ ދަށުން ނެގި ފައިސާ އަނބުރާ ރައްދުކުރަން ފަށައިފި އެވެ.

ކަސްޓަމްސްއިން ބުނީ މިމަހުގެ އެކަކުން ފެށިގެން 27 ގެ ނިިޔަލަށް އެތެރެކޮށްފައިވާ ސައިކަލްތަކަށް ރިފަންޑުގެ ގޮތުގައި 347000 ރުފިޔާ ދޫކުރަން ޖެހޭ ކަމަށެވެ.

ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ސައިކަލާއި ފޭރާމުން ނަގަމުން އަންނަ ޑިއުޓީ ކުޑަކޮށް، މި މަހުން ފެށިގެން ސައިކަލުން ބޮޑުކޮށްފައިވާ ޑިއުޓީ އަނބުރާ ރުޖޫއަ ކުރަން މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ އިއްޔެ އެވެ. އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޑިއުޓީ ބޮޑުކުރުމަށް ފަހު ކަސްޓަމްސްއިން ވަނީ ޑިއުޓީ ކުރިން ހުރިވަރަށް ކުޑަކުރަން މަޖިލީހުން ފާސްކޮށްފި ނަމަ އެ ފައިސާ އަނބުރާ ސައިލަކް އެެތރެ ކުރި ފަރާތަށް ދޭނެކަމަށް ބުނެފަ އެވެ.

ކަސްޓަމްސްއިން ބުނީ ގާނޫނު ބުނާގޮތުން ރީފަންޑުގެ ގޮތުގައި ފައިސާ ދޫކުރަންޖެހެނީ މިމަހު އެކަކުން ފެށިގެން އިއްޔެގެ ނިޔަލަށް އެތެރެކޮށްފައިވާ ސައިކަލްތަކުގެ ޑިއުޓީއިން ބޮޑުކުރި 50 ޕަސެންޓަށް ކަމަށެވެ. އެގޮތުން އެ މުއްދަތުގައި އެތެރެކޮށްފައިވަނީ ސައިކަލްގެ 45 ޝިޕްމެންޓެއްގައި 49 ސައިކަލް ކަމަށެވެ.

އަނބުރާ އެ ފައިސާ ދޫކުރާ ގޮތަށް ކަސްޓަމްސްއިން ހަމަޖައްސާފައިވަނީ ރިފަންޑު ފޯމްގެ ނަމުގައި ހަދާފައިވާ ފޯމެއް މެދުވެރިކޮށެވެ. ކަސްޓަމްސްއިން ބުނީ އެ ފޯމް ހުށަހެޅުމުން 90 ދުވަހުގެ ތެރޭގައި ފައިސާ ހަމަޖެހިގެންދާނެ ކަމަށެވެ.

މި މަހުން ފެށިގެން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެންނަ ބަދަލާ އެކު މި އަހަރު ތެރޭގައި 900 މިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބޭނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް