ނޭޕާލުން ހުއްދަ ނުލިބިގެން އެ ގައުމުގައި ތިބި ދިވެހިން ނުގެނެވިފައި!

ނޭޕާލުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓް ނޭޕާލަށް ދިއުމަށް ޓަކައި ނޭޕާލުން ލިބެން ޖެހޭ ހުއްދަތައް އަދިވެސް ނުލިބޭ ކަމަށް އެއެއާލައިން އިން ބުނެފި އެވެ. މޯލްޑިވިއަންގެ ހެޑް އޮ...

28 Apr 2015 | 06:19

ނޭޕާލުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓް ނޭޕާލަށް ދިއުމަށް ޓަކައި ނޭޕާލުން ލިބެން ޖެހޭ ހުއްދަތައް އަދިވެސް ނުލިބޭ ކަމަށް އެއެއާލައިން އިން ބުނެފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ ނޭޕާލްގައި ތިބި ދިވެހިން ގެނެވެން އޮތީ އިންޑިއާ އާއި ނޭޕާލުން ނަގަންޖެހޭ ހުއްދަތަކެއް ލިބިގެން ކަމަށާއި އެ ހުއްދަތަށް އިންޑިއާއިން ދީފައިވީނަމަވެސް އަދިވެސް ނޭޕާލުން ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ ނޭޕާލުން ނުލިބިގެން އުޅެނީ އެ ގައުމަށް ޖެއްސުމުގެ ހުއްދަ ކަމަށެވެ.

އޭނާ ވިދާޅުވީ އެއެއާލައިން އޮތީ ތައްޔާރަށް ކަމަށާއި ހުއްދަތައް ލިބޭހާ އަވަހަށް ނޭޕާލަށް ދިވެހިން ބަލައި ދިއުމަށް ފުރާނެ ކަމަށެވެ. ނޭޕާލާއި އިންޑިއާއިން ނަގަންޖެހޭ ހުއްދަތަކަށް ދިވެހި ސަރުކާރުން އިއްޔެ ވަނީ އެދިފަ އެވެ.

ނޭޕާލުގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން 14 ދަރިވަރަކު ވަނީ އިންޑިއާ އަށް ގެންގޮސްފަ އެވެ. އެކުދިން މިއަދު މާލެ ގެނެއުމާއި ހަމައަށް އިންޑިއާގައި ތިބުމުގެ ހުރިހާ ހަރަދެއް ދިވެހި ސަރުކާރުން ބަލަހައްޓަމުން ދާއިރު ނޭޕާލްގައި ގާތްގަނޑަކަށް 110 ވަރަކަށް ދިވެހިން ދިރިއުޅޭ ކަމަށް ވެ އެވެ.

ނޭޕާލުގެ ކަތަމަންޑޫއަށް ރިކްޓާ މިންގަނޑުން 7.9 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 4000 އަށްވުރެ ގިނަ މީހުން މަރުވެ ގިނަ އަދެދެއްގެ ރައްޔިތުން ހާލުގައިޖެހިފަ ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް