އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ކައިރީގައި ބާއްވާފައި އޮތް އަމިއްލަ މީހެއްގެ ކާރެއްގައި ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ ރަށު ފެލްކަންބީޗުގޭ ކައިރީ ޕާކްކޮށްފައި އޮތް އަމިއްލަ މީހެއްގެ ކާރުގައި ރޯ ކޮށްލާފައި ވަނީ މިއަދު ހެނދުނު 6:50 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ކާރު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
އެ މައްސަލަ އައްޑޫ ސިޓީ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް