ބިންހެލުމުގައި މަރުވި އަދަދު 150 އިން މައްޗަށް

މިޔަންމާ ތައިލޭންޑް އަދި ވިއެޓްނާމް ހިމެނޭހެން މިއަދު އައި ބާރުގަދަ ބިންހެލުމުގައި މަރުވި އަދަދު 153 އަށް އަރައިފިއެވެ. އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ހަމަ އެކަނި މިޔަންމާއިން 1...

28 Mar 2025 | 16:04

މިޔަންމާ ތައިލޭންޑް އަދި ވިއެޓްނާމް ހިމެނޭހެން މިއަދު އައި ބާރުގަދަ ބިންހެލުމުގައި މަރުވި އަދަދު 153 އަށް އަރައިފިއެވެ.

އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ހަމަ އެކަނި މިޔަންމާއިން 144 މީހަކު މަރުވެ 700 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ތިން ގައުމުންވެސް ގިނަ އަދަދެއްގެ އިމާރާތްތަކާއި ބްރިޖް ފަދަ ބައެއް ލޭންޑް މާކްތައް ބިމާ ހަމަވެފައިވާއިރު ބައެއް މަގުތައް ފަޅަފަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާއްޖޭ ގަޑިން ނަމަ މިއަދު ހެނދުނު 11:30 ހާއިރު އައި ބާރުގަދަ ބިންހެލުމުގެ އެޕިސެންޓަރ (މެދު) ގެ ގޮތުގައި ރެކޯޑުކުރެވި ރިޕޯޓްކޮށްފައިވަނީ މިޔަންމާގެ ހުޅަނގު ދެކުނުގެ ސިޓީއެއް ކަމުގައިވާ ސަގައިންގ އެވެ. 7.7 މެގްނިޓިއުޑްގެ ބިންހެލުމަކާއި އޭރު އިރުކޮޅެއް ފަހުން އާފްޓަޝޮކްގެ ގޮތުގައި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައެވެ.

ބިންހެލުމުގެ އަސަރު، މިޔަންމާއާއި އިންވެ އޮންނަ ތައިލެންޑަށް ވަރަށް ބޮޑަށް ކުރިއެވެ. އެގޮތުން ބައެއް އިމާރާތްތައް ބިމާ ހަމަވެ ބައެއް މަގުތައް ހަލާކުވެފައިވާއިރު އުސްކޮށް އިމާރާތްކުރަމުންދިޔަ އިމާރާތެއް ބިމާ ހަމަވެ އެ އިމާރާތުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް