ކަރާ ފަޅައިގެން އުރީދޫއިން ނަސީބުވެރި އެކަކަށް އަގުހުރި 10 އިނާމު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް ހާއްސްކޮށް މިރޯދަމަހު ތައާރަފު ކުރެވުނު ހިތްގައިމު މޮބައިލް ގޭމް ކަމަށްވާ އުރީދޫ ކަރާ ފެޅުން ނިންމާލުމަށް ދެ ދުވަހަށް ވެއްޖެއެވެ. ރަމަޟާން މ...

28 Mar 2025 | 10:41

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް ހާއްސްކޮށް މިރޯދަމަހު ތައާރަފު ކުރެވުނު ހިތްގައިމު މޮބައިލް ގޭމް ކަމަށްވާ އުރީދޫ ކަރާ ފެޅުން ނިންމާލުމަށް ދެ ދުވަހަށް ވެއްޖެއެވެ.

ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު މި ގޭމް ނިންމާލާއިރު، މިއީ އެޕަލްގެ އެންމެ ފަހުގެ ޑިވައިސްތަކާއި ހިތްގައިމު 65"ގެ ޓީވީއެއް ހިމެނޭ 10 އިނާމުގެ ބަންޑަލް އެއް ހޯދުމަށް މި ގޭމް ކުޅެގެން ލިބޭ އެންމެ ފަހު ފުރުސަތެވެ.

އެހެން އަހަރުތަކުގައި ހަދިޔާފޮށި ގެނެސްދިން ގޮތަށް އުރީދޫ ކަރާ ފެޅުން ވެސް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތަކެއް ފަހިކޮށްދީފިއެވެ. ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 200 ޓެޕް ކޮށްގެން ކަސްޓަމަރުންނަށް މި ހިތްގައިމު ގްރޭންޑް ޕްރައިޒް ލިބުމުގެ ފުރުސަތު ފަހިވެއެވެ.

ނަސީބުވެރި އެއް ފަރާތަކަށް އަލްޓިމޭޓް ޓެކް ޕެކޭޖް ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެޕަލް އައިފޯން 16 ޕްރޯ
  • މެކްބުކް އެއާ
  • އެއަރޕޮޑްސް 4
  • އެޕަލް ވޮޗް
  • އެޕަލް ޓީވީ
  • އެޕަލް ހޯމްޕޮޑް
  • އެޕަލް އައިޕެޑް
  • އެޕަލް ޕެންސިލް
  • އެއާޕޮޑްސް މެކްސް
  • 65" ޓީވީ

އުރީދޫ ކަރާ ފެޅުން އަކީ ކަސްޓަމަރުންގެ މެދުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގޭމެކެވެ. އަދިވެސް އިނާމު ހޯދުމަށް ކަރާ ފެޅުމުގައި ބައިވެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް