މިޔަންމާއަށް މިއަދު އައި ބާރު ގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމުގައި މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ފާހަގަކޮށްފައިވާގޮތުގައި ރާއްޖޭ ގަޑިން ބަލާނަމަ ހެނދުނު 11:32 ގައި މިޔަންމާއަށް އައިސްފައިވަނީ 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ.
މިޔަންމާއާއި މާލެއާއި ދެމެދުގައި ހުރި ދުރުމިނަށް ބަލާއިރު ދެމެގައި 3121 ކިލޯ މީޓަރު ހުންނަކަން މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ. އަދި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަކަމަށް ބުނެފައިވެއެވެ.
ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ބިންހެލުން އައިސްފައިވަނީ މިޔަންމާގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމުގައިވާ މަންޑަލޭއަށެވެ.
މި ބިންހެލުމުގައި މިޔަންމާ އަދި މިޔަންމާއާއި އިންވެ އޮންނަ ބެންކޮކްގެ ތައިލޭންޑުން ގިނަ އަދަދެއްގެ އިމާރާތް ބިމާ ހަމަވެފައިވާއިރު ބަޔަކު މަރުވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި ބިމާ ހަމަވެފައިވާ ބައެއް އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައިވާކަމުގައިވެސް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް