މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމެއްގައި އެ ގައުމާއި އަދި އެ ގައުމާއި އިންވެ އޮންނަ ތައިލޭންޑުގެ ބެންކޮކްގެ ބައެއް އިމާރާތްތައް ބިމާ ހަމަވެއްޖެއެވެ.
ރޮއިޓާސް ފަދަ ބައިނަލްއަގްވާމީ މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި މިޔަންމާގެ މެދުތެރެއަށް އައީ ރިކްޓަރ މިންގަނޑުން ނަމަ 7.7 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އަދި ހަމަ އެ ބިންހެލުމުގެ އާފްޓަރޝޮކްގައި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް ރެކޯޑު ކުރެވިފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. މި ދެ ބިންހެލުންވެސް ރެކޯޑު ކުރެވިފައިވަނީ ރާއްޖޭ ގަޑިން ބަލާނަމަ މީގެ އެއް ގަޑިއިރާއި 30 ވަރަކަށް މިނެޓު ކުރިންނެވެ.
މިޔަންމާގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ ކަމުގައިވާ މަންޑަލޭއިން ގިނަ އަދަދެއްގެ އިމާރާތްތައް ބިމާ ހަމަވިކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކުގެ ހުރިހާ ރައްޔިތުންހެން މިހާރު ތިބީ މަގުމަތީގައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ބިންހެލުމުގެ އަސަރު މިޔަންމާއާއި އިންވެ އޮންނަ ގައުމު ކަމުގައިވާ ތައިލޭންޑަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު ތައިލޭންޑްގައި އުސްކޮށް އިމާރާތް ކުރަމުންދިޔަ "ސްކައި ކްރޭޕަރ" އެއް ބިމާ ހަމަވެފައިވެއެވެ. އަދި އެ އިމާރާތުގެ ގާކުނޑިތައް ދަށުގައި އެތައް މަސައްކަތްތެރީންނެއް ތާށިވެފައިވާކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް