ޢީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

ފިޠުރު ޢީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ. މި ނިންމުން އެ ކައުންސިލުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ. މި ނިންމުން އެ ...

28 Mar 2024 | 09:35

ފިޠުރު ޢީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

މި ނިންމުން އެ ކައުންސިލުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ. މި ނިންމުން އެ ކައުންސިލުން ނިންމީ ދިވެހި ބަހާއި ތާރީހާ ބެހޭ ވުޒާރާއިން ހުށަހެޅި ހުށަހެޅުމަށް އެ ކައުންސިލުން މަޝްވަރާ ކުރުމަށްފަހުގައެވެ.

އެ ވުޒާރާއިން ކައުންސިލުގައި އެދިފައިވަނީ ޢީދު ދުވަސް ފާޙަގަކުރަން އެ ވުޒާރާއިން މާލޭގައި ހަރަކާތްތަކެއް ބާއްވާތީ އެ ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާކޮށްދިނުމަށެވެ.

އެ ހުށަހެޅުމަށް މަޝްވަރާކުރުމަށްފަހު މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމީ ޢީދު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށް ފައިމަގުގައި އުޅޭގޮތަށް ހަމަޖެއްސުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް