ގެއްލިގެން ހޯދަމުންދިޔަ އުމްރާވެރިޔާ ފެނިއްޖެ، ހާލު ރަނގަޅު

އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައި ހުއްޓާ ގެއްލުނު މުޙައްމަދު ތައްކާނު ފެނިފައިވާކަމަށާއި ހާލު ރަނގަޅު ކަމަށް ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުން ބުނެފިއެވެ. އެ ގްރޫޕުން މިރޭ 02:51ގައި ކުރި...

27 Mar 2024 | 23:01

އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައި ހުއްޓާ ގެއްލުނު މުޙައްމަދު ތައްކާނު ފެނިފައިވާކަމަށާއި ހާލު ރަނގަޅު ކަމަށް ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުން ބުނެފިއެވެ.

އެ ގްރޫޕުން މިރޭ 02:51ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ތައްކާނުބެ ހެޔޮހާލުގައި ހުއްޓާ ހޯދިއްޖެ" ކަމަށެވެ.

އެ ގްރޫޕުން ކުރިން ބުނެފައިވާގޮތުގައި ރަމަޟާން މަހުގެ ފަހު 15ގައި އުމްރާގެ އަޅުކަން އަދާކުރުމަށް އެ ގްރޫޕްގެ ހަވާލުގައި މައްކާއަށް ދިޔަ، ސ. މީދޫ ހަވާ، މުޙައްމަދު ތައްކާނު ގެއްލުނީ ރޭގެ މެންދަމު 03:00 ހާއިރުގައެވެ. ގެއްލުނީ އެ ގްރޫޕްގެ އުމްރާވެރިންނާއެކު އުމްރާގެ އަޅުކަން އަދާކުރުމަށް ހަރަމްފުޅަށް ދިއުމަށްފަހު ކަމަށްވެސް ކުރިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް