ކުރީގެ ޓީވީ ޕްރެޒެންޓަރު އިސްމާއިލް އާޒިމް ގެއްލިގެން ހޯދަމުން އަންނަ ކަމުގައި މިހާރު ނޫހުން ރިޕޯޓްކޮށްފިއެވެ.
އެ ނޫހަށް އެނގިފައިވާކަމަށްބުނެ ބުނެފައިވަނީ އާޒިމްގެ ހަބަރެއް އެންމެ ފަހުން އާއިލާއަށް ވެފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށާއި ފުލުހުންނަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ މިއަދު ކަމަށެވެ.
އެހެން ނަމަވެސް މިކަމުގައި ފުލުހުން އަދި ކޮމެންޓެއް ނުކުރެއެވެ. އާންމުގޮތެއްގައި މިފަދަ ރިޕޯޓްތައް ކުރި ނަމަވެސް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދެމުން އަންނަނީ ބައެއް ކަންކަން ފުލުހުން ބެލުމަށްފަހުގައެވެ.
އިސްމާއިލް އާޒިމް އަކީ ޕީއެސްއެމް އަދި ރާއްޖެ ޓީވީގައި މަސައްކަތް ކުރި ޕްރެޒެންޓަރެކެވެ. ކޮވިޑުގެ ދުވަސްވަރު ކޮވިޑާއި ގުޅިގެން ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސްތަކުގައި އާޒިމް އާންމުގޮތެއްގައި އާންމުންނަށް ފެނިފައިވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް