މާލޭގައި އޮފީހެއް ފަޅާލި ވަގަކު އަތުލައިގަނެ އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފިއެވެ.
މިރޭ މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައި ހަތް ލައްކައަށްވުރެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމުގެ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު ލިބުނު ކަމަށެވެ.
"މައްސަލައިގެ ތުހުމަތުގައި މާލެއިން 43 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.
އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅުނު ތަން ބަލައި ފާސްކޮށް ފަސް ލައްކައަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް