ޔޫއޭއީގެ ސަރުކާރުން ރާއްޖެއަށް ރޯދަވީއްލުން ހަދިޔާކޮށްފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (އެކުވެރި އަރަބި އިމާރާތް) އިން ދިވެހި ރާއްޖެއަށް ރޯދަވީއްލުން ހަދިޔާކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ގައުމުން ރާއްޖޭގެ ފަގީރުންނަށް 100 ޕެކޭޖް ރޯދަވީއް...

28 Mar 2023 | 16:14

ޔުނައިޓެޑް އަރަބް އެމިރޭޓްސް (އެކުވެރި އަރަބި އިމާރާތް) އިން ދިވެހި ރާއްޖެއަށް ރޯދަވީއްލުން ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ގައުމުން ރާއްޖޭގެ ފަގީރުންނަށް 100 ޕެކޭޖް ރޯދަވީއްލުން ހަދިޔާކޮށްފައިވާކަމަށާއި އެ ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ޕެކޭޖްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް މިނިސްޓްރީން ކަނޑައަޅާނެކަމުގައިވެސް ބުނެފައިވެއެވެ.

އެކުވެރި އަރަބި އިމާރާތުން ރާއްޖެއަށް 100 ރޯދަ ވީއްލުން ޕެކޭޖު ހަދިޔާކޮށްފައިވާއިރު ސައޫދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 50 ޓަނު ކަދުރު ހަދިޔާ ކޮށްފައެވެ. އެ ކަދުރު ބެހުމުގެ މަސައްކަތް މިހާރު އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް