އުމްރާގެ މަތިވެރި އަޅުކަމަށް ބަޔަކު ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހެއް އެކްސިޑެންޓްވެ 20 މީހަކު މަރުވެ 29 މީހަކު ޒަހަމްވެއްޖެއެވެ.
ސައޫދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މިއަދު މެންދުރެއްހާއިރު ނުރައްކާތެރި މި އެކްސިޑެންޓް ހިނގާފައިވަނީ ސައޫދީ އަރަބިއްޔާގެ އާސިރް ގަވަރުނޭޓް ސަރަހައްދުގައި ކަމަށާއި ބަސް ދަތުރުކުރަމުންދިޔައީ ޚާމިސް މުޝައިތުން އަބްހާއަށް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ ކޮންޓްރޯލު ނުވެ ބަހުގެ ބުރެކި ފެއިލްވުން ކަމުގައި މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުން ހާމަވެއެވެ. މަރުވި މީހުންގެ އަދަދު 20 އަށްވުރެ އަދި ގިނަވުން އެކަށީގެންވާކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް