ކޮންމެ މީހެއްގެ ނަމުގައި ނެގޭނެ ސިމްގެ އަދަދު ކަނޑައަޅަނީ

ކޮންމެ މީހެއްގެ ނަމުގައި ނެގޭނެ ސިމް ކާޑުގެ އަދަދު އަންނަ މަހު ކަނޑައެޅޭނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ. ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު މިހެން ވިދ...

28 Mar 2023 | 10:43

ކޮންމެ މީހެއްގެ ނަމުގައި ނެގޭނެ ސިމް ކާޑުގެ އަދަދު އަންނަ މަހު ކަނޑައެޅޭނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.

ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް އައިޑީ ކާޑު ނިޒާމުގެ ތެރެއިން ކޮންމެ މީހަކަށް، ވެރިފައި ކޮށްފައިވާ ސިމް ދޫކުރެވޭނެެ އިންތިޒާމެއް ހަމަޖައްސައި، އުސޫލެއް ކަނޑައެޅުމަށް ކަމަށެވެ.

އިލްޔާސް ވިދާޅުވީ ސިމް ނެގުމާ ގުޅިފައިވާ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މި ކުއާޓާ ތެރޭގައި ކޭމްގެ ނިޒާމާއި ދިރާގާއި އުރީދޫ ގުޅާލައި ޓެސްޓް ކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ އެ އިދާރާއިން ނިންމާފައިވަނީ ތްރީ ފެކްޓާ އޮތެންޓިކޭޝަނެއް ބޭނުން ކުރާށެވެ. އޭރުން ޔޫޒާ ނޭމް، ޕާސްވޯޑުގެ އިތުރުން އެއީ އެ މީހާތޯ ޔަގީން ކުރުމަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ވަރު ނަގާނެ ކަމަށް ވިދާޅުވި އެވެ.

މި ބަދަލާއި އެކު އަންނަ މަހުން ފެށިގެން ތިން މަސް ތެރޭގައި މިހާރު އެކަކުގެ ނަމުގައި ނަގާފައި ހުރި ސިމްތައް އެމީހަކު ބޭނުން ކުރާ ސިމްކާޑު ނޫން ސިމްތައް ކެންސަލް ކުރަން ޖެހޭނެ ކަމަށެވެ. މިހާރު އާއިލާތަކުގައި ގިނަ މީހުން ސިމް ނަގާފައި ހުރީ އެކަކުގެ ނަމުގައި ކަމަށްވާތީ އެފަދަ ސިމް ކާޑުތައްވެސް އެ މީހަކަށް ނިސްބަތްވާ އައިޑެންޓިޓީ ކާޑަށް ބަދަލު ކުރަން ޖެހޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އެ މުއްދަތުގެ ތެރޭގައި ގޮތެއް ނުނިންމައިފި ނަމަ ހުރިހާ ސިމްތަކެއް ކެންސަލް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޭމްގެ މައްސަލައިގަ މިއަދު ކޭމްގެ އިތުރުން ކަރެކްޝަނަލް ސާވިސްވެސް އެ ކޮމިޓީއަށް ހާޒިރު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް