މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ޖީއޯޓެކްނިކަލް ސާވޭ ނިންމާލައިފި

ށ. ކޮމަންޑޫގައި އެމްޓީސީސީން ކުރިޔަށް ގެންދިޔަ ޖިއޯޓެކްނިކަލް ސާވޭ ނިންމައިފި އެވެ. މި މަސައްކަތަކީ ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން، މަސައްކަތަށް...

28 Mar 2023 | 10:19

ށ. ކޮމަންޑޫގައި އެމްޓީސީސީން ކުރިޔަށް ގެންދިޔަ ޖިއޯޓެކްނިކަލް ސާވޭ ނިންމައިފި އެވެ.

މި މަސައްކަތަކީ ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ސާވޭ އެކެވެ.

މި ސާވޭގެ ދަށުން ބްރިޖްގެ ފުންމިން ބެލުމަށްޓަކައި ބޯހޯލް ތޮރުފައިގެން ބެޑްރޮކް ލެވަލް ވަނީ ބަލާފައި އެވެ. އަދި، ސާވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖްގެ ފައުންޑޭޝަން އެޅުމަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލާނެ އެވެ.

އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެމްޓީސީސީން ބުނީ މިއީ 235.75 މިލިޔަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް