ދަރަނި ރީސްޓްރަކްޗާ ކޮށްފި ނަމަ ބޭރުން ފައިސާ ހޯދަން ދަތިވާނެ: އަމީރު

ދަރަނި ރީސްޓްރަކްޗާ ކޮށްފި ނަމަ ދައުލަތާއި ވިޔަފާރި ތަކަށް ބޭރުން ފައިސާ ހޯދަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ މާފަންނު މެދު ދާއިރާ...

28 Mar 2023 | 08:12

ދަރަނި ރީސްޓްރަކްޗާ ކޮށްފި ނަމަ ދައުލަތާއި ވިޔަފާރި ތަކަށް ބޭރުން ފައިސާ ހޯދަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ލިޔުމުން ފޮނުވި ޖަވާބުގަ އެވެ.

އަމީރު ވިދާޅުވީ 2021 ވަނަ އަހަރު ދައުލަތުން ސީދާ ނަގާފައިވާ ދަރަނި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީބީ ރޭޝިއޯއަކީ 118 އިންސައްތަ ކަމަށެވެ. އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނީގެ 100 އިންސައްތައާއި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ 18 އިންސައްތަ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ރޭޓިން އެޖަންސީތަކުން ދިވެހި ސަރުކާރުގެ ސިލެކްޓިވް ޑިފޯލްޓް ރޭޓިން ޑައުންގްރޭޑް ކުރާނެ ކަމަށެވެ.

އޭގެ ނަތީޖާއަކީ ދައުލަތާއި ރާއްޖޭގެ ވިޔަފާރިތަކަށް ބޭރުން ފައިސާ ހޯދަން ދަތިވުން ކަމަށާއި ދައުލަތުގެ ދަރަނި ހަމަ މަގަށް އެޅުވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދައުލަތުގެ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުން ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވެފައިވަނީ ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ 2023 އިން 2025 އަށް އެކުލަވާލާފައި ވާނީ އެ ކަންކަން ހިމަނައިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް