ތިލަފުށި ފޭސް ދޭއްގެ އޭރިއާ ސީ ހިއްކުމުގެ މަސައްކަތް ފަށައިފި

ތިލަފުށީ ފޭސް ދޭއް ހިއްކުމުގެ މަސައްކަތުގެ ދަށުން އޭރިއާ ސީ ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ތިލަފުށީ މާސްޓާ ޕްލޭނާއި އެއްގޮތަށް ފޭސް ދޭއް ފ...

28 Mar 2023 | 06:14

ތިލަފުށީ ފޭސް ދޭއް ހިއްކުމުގެ މަސައްކަތުގެ ދަށުން އޭރިއާ ސީ ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ތިލަފުށީ މާސްޓާ ޕްލޭނާއި އެއްގޮތަށް ފޭސް ދޭއް ފަރުމާ ކުރެވިފައިވަނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތުގެ ދަށުން ތިލަފުށި ފޭސް ދޭއްގެ އޭރިއާ ސީ ހިއްކުމުގެ މަސައްކަތް ފެށީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އޭރިއާ ސީގެ ގޮތުގައި 20 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެއްމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ މަސައްކަތް ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

ތިލަފުށި ފޭސް ދޭއް ހިއްކުމަށް ހަވާލު ކުރެވިފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑްއާއެވެ. އެ ކުންފުންޏަށް މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 120 ދުވަސް ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް