ސިނަމާލޭ ބްރިޖު ކައިރީ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާ ދެމުން އެބަދެ އެވެ.
މި އެކްސިޑެންޓު ހިނގީ ވޭނަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓު ހިނގީ ރޭ ދަންވަރު 2:30 ހާއިރު އެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަނިޔާވި ޒުވާނާ އަކީ ސައިކަލް ދުއްވަން އިން މީހާ ކަމަށެވެ. އެއީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަ ނުކުރެ އެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް