ބޯގަންވިލާއިން ހޯރަފުއްޓައް ޗާލުކަން ގެނައުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

ބޯގަންވިލާ މަލުގެ ކުލަތަކުން ހއ. ހޯރަފުށްޓަށް ޗާލުކަން ގެނައުމަށް ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް އެ ކައުންސިލުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނ...

27 Mar 2023 | 19:12

ބޯގަންވިލާ މަލުގެ ކުލަތަކުން ހއ. ހޯރަފުށްޓަށް ޗާލުކަން ގެނައުމަށް ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެ ކައުންސިލުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ހޯރަފުށީގެ "ކޮންމެ ގެއަކުން، ކޮންމެ އިދާރާއަކުން ބޯގަންވިލާގެ ޗާލުކަން" މި ޝިއާރުގެ ދަށުން ކޮންމެ ގެއެއްގެ ދޮރާށި މަތިން އެ ރީތިކަން މަގުތަކަށް ގެނެސް ދައްކާލުމަށް އެ ކައުންސިލުން ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ބޯގަންވިލާ އިން މަގުތައް ޗާލު ކުރާ ފަރާތްތަކުގެ މެދުގައި އެ ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ވަނަ ހޮވައި އިނާމް ދިނުމަށްވަނީ ހަމަޖެހިފައި ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.

އެގޮތުން އެންމެ ރީތި 10 ގެ އާއި އެންމެ ރީތި ތިން މަގު އަދި އެ ރަށުގައި ހުންނަ އެންމެ ރީތި ތިން މުއައްސަސާ ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށްޓަކީ ފެހިކަންގަދަ ތިމާވެއްޓެއް ލިބިގެންވާ ރަށަކަށް ހެދުމާއި އެ ރަށަކީ މާމެލާމެލިން ޒީނަތްތެރިވެފައިވާ ރަށަކަށް ހެދުމެވެ.

މިއީ މިފަދަ ޕްރޮގްރާމެއް ރަށެއްގައި ހިންގާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް