ޓްރީ ޓޮޕް ހޮސްޕިޓަލުން ޒަމާނީ އެމްބާމިންގ އަދި މޯޗަރީ ހިދުމަތްތައް ފޯރުކޮށްދެމުންދެމުން ދަނީ ދުނިޔޭގެ ފެންވަރުގެ ލައިސަންސް ލިބިފައިވާ ތަޖުރިބާކާރު މާހިރުންގެ ޓީމަކުން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެމްބާމިންގ އަކީ މީހާ މަރުވުމަށްފަހު ގައުމުން ބޭރަށް ހަށިގަނޑު ފޮނުވަންޖެހޭ ހާލަތްތަކުގައި ހަށިގަނޑު ހަލާކު ނުވާގޮތަށް ރައްކާ ކުރުމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ މޯޗަރީ ހިދުމަތުގެ ދަށުން ރާއްޖޭގައި އަލަށް އެމްބާމިންގ ހިދުމަތް ތައާރަފްކޮށްފައިވަނީ 2 ޖޫން 2019 ގައެވެ.
ޓްރީ ޓޮޕް ހިސްޕިޓަލުން އަންނަނީ އެމްބާމިންގ ހިދުމަތާއި އެކު ބައިނަލްއަގްވާމީ ފެންވަރުގެ އެމްބާމްކުރެވިފައިވާކަމުގެ ސެޓްފިކެޓްއެއް ފޯރުކޮށްދެމުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްބާމިންގ ހިދުމަތް ފޯރުކޮށްދޭ އަގުތަކަކީ:
1. އެމްބާމިންގ ނޯރމަލް ހަށިގަނޑު ނުވަތަ މައްޔިތާގެ ހަށިގަނޑު މާ ބޮޑު ބަދަލެއް އައިސްފައި ނުވާނަމަ އަގަކީ 6% ޖީއެސްޓީ މައާފްކޮށްފައި 5،500 ޔޫއެސް ޑޮލަރެވެ.
2. އެމްބާމިންގ ޑީކޮމްޕޯސިންގ ހަށިގަނޑު ނުވަތަ މައްޔިތާގެ ހަށިގަނޑު ހަލާކުވާން ފަށާފައި ވާނަމަ އަގަކީ 6% ޖީއެސްޓީ މައާފް ކޮށްފައި 6،000 ޔޫއެސްޑޮލަރެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މޯޗަރީ ހިދުމަތްތައް ފޯރުކޮށްދޭ އަގުތަކަކީ:
މޯޗަރީގައި ހަށިގަނޑު ވަޅުލުމުގެ ކުރިން ނުވަތަ ގައުމަށް ފޮނުވާލުމުގެ ކުރިން ބަހައްޓާނަމަ؛ ޓުއަރިސްޓު ވިސާއެއްގައި ރާއްޖެ އައިސްފައިވާ މީހުންނަށް ދުވާލަކަށް 500 ޔޫއެސް ޑޮލަރު އަދި ވަރކް ޕަރމިޓް ވިސާއެއްގައި ރާއްޖެ އައިސްފައިވާ މީހުންނަށް ދުވާލަކަށް 250 ޔޫއެސް ޑޮލަރު މީގެ އިތުރުން ދިވެހި ރައްޔިތުންނަށް މި ޚިދުމަތް ފޯރުކޮށްދެނީ 150 ޔޫއެސްޑޮލަރަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ހިދުމަތްތަކުގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުން މައްޔިތާގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ދަތުރުފަތުރުގެ ނިޒާމާއި ގާނޫނީ ކަންތައް ހަމަޖައްސައިދިނުމަށް އޭޖެންޓުން ބޭނުންވާނަމަ އެ އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކަމަށެވެ.
2018 ވަނަ އަހަރު ހިދުމަތް ފޯރުކޮށްދޭންފެށި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތް ތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއެވެ.
ޓްރީ ޓޮޕް ހިސްޕިޓަލުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3351610 ގުޅައި ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް