ހުޅުމާލޭގެ ފޭސް ދެއެއްގެ ހިޔާ ފްލެޓްތައް ކައިރީގައި ހަދާ ވަގުތީ ދެވަނަ މިސްކިތް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފި އެވެ.
މިއަދު އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވީ، ހިޔާ ފްލެޓްތައް ކައިރީގައި ހަދާ ވަގުތީ ދެވަނަ މިސްކިތް ހުޅުވަން ނިންމާފައި ވަނީ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދަށް ކަމަށެވެ.
600 މީހުގެން ޖާގައިގެ އަލަށް ހުޅުވާ ވަގުތީ މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 3.1 މިލިއަން ރުފިޔާ ހަރަދުކޮށް، ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.
ރޯދަމަހަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު ނިމިދިޔަ ސަރުކާރުގައި ގާއިމުކުރަން ފެށުނު ސަލްމާން މިސްކިތްވެސް އަންނަ ހުކުރު ދުވަހު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް