އިތުރު 250 ފޯމާއެކު އެމްއާރްއެމްގެ 3000 މެމްބަރުން ހަމަކޮށްފި

އަލަށް 250 ފޯމު ހުށަހަޅައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކޮށްފިއެވެ. އެމްއާރުއެމްގެ ރަޖިސްޓްރާ ފާތިމަތު ޝަހީދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ...

28 Mar 2022 | 10:00

އަލަށް 250 ފޯމު ހުށަހަޅައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކޮށްފިއެވެ.

އެމްއާރުއެމްގެ ރަޖިސްޓްރާ ފާތިމަތު ޝަހީދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއާރުއެމް އިން އިލެކްޝައަށް އިތުރު 250 ފޯމު ވާނީ ހުށަހަޅާފައި ކަމަށެވެ. އަދި މި ފޯރމުތަކާއެކު މިހާތަނަށް ހުށަހެޅި ފޯމުތަކާއެކު، މިހާރު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 3000 އަށްވުރެ ގިނަ މެންބަރުން ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://twitter.com/Shahydha/status/1508029840221675520?t=gYB78yAx9sKbGxkBWXXUOZs34UpR2Kd6mGB-u6cTtdQ&s=19

އެ ޕާޓީން ބުނާގޮތުން އެ ޕާޓީގެ ދަފްތަރުގައި 4650 މެންބަރުން ތިބޭނެކަމަށް ބުނެއެވެ.

އެމްއާރްއެމް އިން މެމްބަރުން އިތުރު ކުރިއިރު އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ވަނީ 3000 މެމްބަރުން ހަމަނުވާ ޕާޓީ ތަކަށް ނޯޓިސް ދޭން ނިންމާފައެވެ. ނޯޓިސްދޭން މީގެ ކުރިން ނިންމާފައިވާ ހަތަރު ޕާޓީ ހިމެނޭ އިރު އޭގެތެރޭގައި އެމްއާރްއެމް ވެސް ހިމެނެއެވެ.

އިތުރަށް ނޯޓިސް ދޭން ނިންމާފައިވާ ޕާޓީ ތަކަކީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އަދި ޑީއާރުޕީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް