މެދުކެނޑުނު ހިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި

މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯ އިން ހިދުމަތް ދިނުމަށް ބޭނުންކުރާ ސިސްޓަމަށް ދިން ރެންސަމްވެއާ ހަމަލާއަކާ ގުޅިގެން މެދުކެނޑިފައިވާ ހިދުމަތްތައް އަލުން ދިނުމުގެ ...

28 Mar 2022 | 09:56

މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯ އިން ހިދުމަތް ދިނުމަށް ބޭނުންކުރާ ސިސްޓަމަށް ދިން ރެންސަމްވެއާ ހަމަލާއަކާ ގުޅިގެން މެދުކެނޑިފައިވާ ހިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

ރެންސަމްވެއާ ހަމަލާއަކާ ގުޅިގެން ސްޓެލްކޯގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި އަދި ކައުންޓަރުތަކުން ދެމުން ދިޔަ ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ މެދު ކެނޑިފައެވެ.

އެގޮތުން ސްޓެލްކޯ އިން މިއަދު ބުނީ ހިދުމަތްތައް އަލުން ފެށުމަށް ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި، ބިލް ދެއްކުމުގެ އިންތިޒާމްތައް އެކުންފުނީގެ ހެޑް އޮފީހުގައި މިހާރު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

މީގެއިތުރުން ކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ދެމުން ދިޔަ ހިދުމަތްތަކާއި، ރަށްރަށުން ފޯރުކޮށްދެމުން ދިޔަ ހިދުމަތްތައް މާދަމާ އަލުން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް