ކުޑައަންހެން ކުއްޖަކާ ބެހުނު އަންހެންހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދަށް

ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކާ ބެހިގެން 59 އަހަރުގެ އަންހެންމީހާގެ ޝަރީއަތް ނިމެންދެން ބަދުގައި ބަހައްޓަން އަމުރު ކޮށްފިއެވެ. ފުލުހުން ބުނީ، ސައުތު ރީޖަން (ގއ އަތޮޅު، ގދ އަތޮޅު، އައްޑޫ ސިޓ...

28 Mar 2022 | 09:23

ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކާ ބެހިގެން 59 އަހަރުގެ އަންހެންމީހާގެ ޝަރީއަތް ނިމެންދެން ބަދުގައި ބަހައްޓަން އަމުރު ކޮށްފިއެވެ.

ފުލުހުން ބުނީ، ސައުތު ރީޖަން (ގއ އަތޮޅު، ގދ އަތޮޅު، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ހިމެނޭ ރަށެއްގައި ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް 24 މާޗު 2022 ވަނަ ދުވަހު އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށާއި، އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް 25 މާޗު 2022 ވަނަ ދުވަހު ކޯޓުން ވަނީ އަމަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލހުން ބުނެއެވެ.

ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރާ މައްސަލަ ތަކެކެވެ. އެގޮތުން ކުއްޖާގެ އައިޑެންޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް