ރޯދައަށް ހާއްސަކޮށް 2،400 ޓަނަށް ވުރެ ގިނަ މުދާ އައްޑޫއަށް!

ހިތަދޫ ޕޯޓަށް ރޯދައާއި ދިމާކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) ގިނަ އަދަދަކަށް ގެންގޮސްފިއެވެ. ސަރުކާރުގެ، ޝިޕިންގ ކުންފުނި އެމްއެސްއެސްގެ އެމްވީ ބޮންތި2 ވަނީ އިއްޔެ ހިތަދޫ ޕޯ...

28 Mar 2022 | 09:03

ހިތަދޫ ޕޯޓަށް ރޯދައާއި ދިމާކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) ގިނަ އަދަދަކަށް ގެންގޮސްފިއެވެ.

ސަރުކާރުގެ، ޝިޕިންގ ކުންފުނި އެމްއެސްއެސްގެ އެމްވީ ބޮންތި2 ވަނީ އިއްޔެ ހިތަދޫ ޕޯޓަށް ބަނދަރުކޮށްފައެވެ. މިފަހަރު ޝިޕްމަންޓް ރޯދައަށް ހާއްސަކޮށްފައިވާއިރު، 8593 ބިސް ކޭސް، 7940 ފިޔާ ބަސްތާ، 2525 އަލުވި ބަސްތާ ވަނީ ގެންގޮސްފައެވެ.

މީގެ އިތުރުން، 340 ބަސްތާ ކެބެޖު، 348 ބަސްތާ ތޮމާޓޯ، 170 ދޮންކެޔޮ ގަނޑު، 24 ބަސްތާ ބަރަބޯ އަދި 980 ބަސްތާ ކަރާވެސް ވަނީ ގެންގޮސްފައެވެ. މީގެއިތުރުން، މި ޝިޕްމަންޓްގައި ވަނީ 110 ބަސްތާ އަލަނާސި ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން، ހިތަދޫ ޕޯޓުގެ ޗީފް މެނޭޖަރ އިބްރާހިމް ރަޝީދު ވިދާޅުވީ، ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) މިއަދު އެއްކޮށް ކްލިއަރ ކޮށް ދޫކޮށްނިމެނޭކަމަށެވެ. އަދި، ގެނައި ތަކެތީގެ ތެރެއިން ގިނައީ އެސްޓީއޯގެ މުދާކަމަށާއި އާންމު ވިޔަފާރިވެރިން ރޯދައަށް ހާއްސަކޮށް ގެނައި މުދާތައްވެސް ހިމެނޭކަމަށް އިބްރާހިމް ވިދާޅުވިއެވެ.

މިއީ އާންމުކޮށް އައްޑޫއަށް މަހެއްގެ މައްޗަށް ގެންދާ މުދަލުގެ ނިސްބަތަށް ބަލާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ. ޖުމްލަ 2439.334 ޓަނު ކާގޯ މި ބޯޓުގައި އައްޑުއަށް ވަނީ ގެންގޮސްފައެވެ. މީގެ ތެރޭގައި ޕެރިޝަބަލް ގުޑްސްގެ އިތުރަށް 70.88 ޓަނު ޕްރޮޖެކްޓް ކާގޯ އަދި 1000 ބަސްތާ ސިމެންތި ހިމެނެއެވެ.

ކުރިޔަށް އޮތް 2 ދުވަސްތެރޭ މި ދެ ބާވަތުގެ ކާގޯ ބޯޓުން ބާލައި ކްލިއަރ ކުރެވޭނެކަމަށްވެސް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް