ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރާ "ސިޓީ ނައިޓް މާކެޓް"، ވަގުތު ނެތުމުގެ ސަބަބުން ނުބާއްވަން ނިންމައިފިއެވެ.
މީގެ ކުރިން ނައިޓް މާކެޓް ބޭއްވުމަށް ސިޓީ ކައުންސިލުން ބުނެފައިވަނީ މި ނައިޓް މާކެޓް ބޭއްވަނީ ދިހަ ދުވަހަށް ދެމިގެންދާ ގޮތައް ކަމަށެވެ.
https://twitter.com/MaleCitymv/status/1508287031746908168
ސިޓީ ކައުންސިލުން ބުނެފައިވަނީ މިއީ ރޯދައަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި އާއްމުންނަށް ހޯދައިދީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ މަގުސަދުގައި ބާއްވަން ނިންމި ނައިޓް މާކެޓް އެއްކަމަށެވެ.
ނައިޓް މާކެޓް ނުބާއްވަން ނިންމާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ސިޓީ ނައިޓް މާކެޓްގެ ކޯ-އޯގަނައިޒަރ އަކަށް، ފިއުޗަރ ޕްރައިވެޓް ލިމިޓެޑް އޮތީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް