ހިންގުމުގެ ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތް ކުރާ ވެރިންގެ ގާބިލުކަމާއި ހުނަރު އިތުރުކުރަން "ވިޝަނިން ފޯ މޯލްޑިވްސް ލީޑާޝިޕް ޑައިލޮގްސް"ގެ ނަމުގައި ވެބިނާތަކެއް ފަށައިފިއެވެ.
އެ ވެބިނާގެ ފުރަތަމަ ސެޝަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު ޒޫމް މެދުވެރިކޮށެވެ.
އެގޮތުން މި ވެބިނާގައި ސަރުކާރުގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ބޭފުޅުންގެ އިތުރުން، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ރީޖަނަލް ހޮސްޕިޓަލުތަކުގެ ބޭފުޅުން ބައިވެރިވެލައްވައެވެ.
މިއީ ރައީސް އޮފީހާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންޓިޓިއުޓާ ގުޅިގެން ހިންގާ "އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމް 2021 – 2023" ގެ ދަށުން ކުރިޔަށްގެންދަވާ ސިލްސިލާ ލެކްޗަރުތަކާއި، ތަމްރީނު ޕްރޮގްރާމްތަކުގެ ދަށުން، ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއެކު ޔޫއެންޑީޕީ އާ ގުޅިގެން ކުރިއަށް ގެންދާ ވެބިނާތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް