ރާއްޖެއާ ސާބިއާއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފި

ރާއްޖެއާ ސާބިއާއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަަލުވުން ބާއްވާފައި ވަނީ ސަރބިއާގެ މި...

28 Mar 2022 | 06:57

ރާއްޖެއާ ސާބިއާއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަަލުވުން ބާއްވާފައި ވަނީ ސަރބިއާގެ މިނިސްޓަރ އޮފް ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް ޓަޓިޔާނާ މަޓިޗްގެ ދަޢުވަތަކަށް ސަރބިއާގެ ބެލްގްރޭޑަށް މިނިސްޓަރ ޑރ. ޢަބްދުالله މަޢުޞޫމް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާ ގޮތުގައި އެ ބައްދަލުވުމުގައި ރާއްޖެއާއި ސަރބިއާ ދެމެދު އޮންނަ ރަޙުމަތްތެރި ގުޅުން ފާހަގަކޮށް، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައި ވެއެވެ.

އަދި، ދެ ފަރާތުންވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ވަރުގަދަ ކުރުމުގެ މުހިންމުކަމަށް އަލި އަޅުއްވާލައްވާ ފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢަބްދު الله ނަޝީދާއި، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ނީޝާ ޝާހިދުބައިވެރިވެ ވަޑައިގެންނެވިއެވެ

މީގެ އިތުރުން، ސަރބިއާގެ މިނިސްޓަރ އޮފް ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް ޓަޓިޔާނާ މަޓިޗްގެ އިތުރުން ސްޓޭޓް ސެކްރެޓަރީ ޒިކިޗާ ނެސްޓޮރޮވިޗާއި އެސިސްޓަންޓް މިނިސްޓްރ ޖެލޭނާ މިލެންކޮވިޗާއި، ހެޑް އޮފް ކެބިނެޓް ޑޮބްރިނާ ޖުކޮވިޗް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް