ސަލްމާން މިސްކިތުގައި ނަމާދު ކުރަން އަންނަ ހުކުރު ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި އަންނަ ހުކުރު ދުވަހު ނަމާދު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ...

28 Mar 2022 | 06:28

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި އަންނަ ހުކުރު ދުވަހު ނަމާދު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތް ނަމާދު ކުރަން ފެށިނަމަވެސް ރަސްމީކޮށް ނުހުޅުވާ ކަމަށެވެ. ފަހުން ރަސްމީކޮށް ހުޅުވާނެ ކަމަށް މިނިސްޓާރ ވިދާޅުވިއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުން ސަލްމާން މިސްކިތް ރޯދަމަހު ނަމާދު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި އެވެ.

4000 މީހުގެ ޖާގައިގެ މި މިސްކިތަކީ ކުރީގެ ރާއީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަޅަންފެށުނު މިސްކިތެކެވެ.

މި މިސްކިތުގައި ސެމިނާ ރޫމުތަކެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއެއް ވަނީ ގާއިމު ކޮށްފައެވެ. އަދި ކޮންފަރެންސްތައް ބޭއްވުމަށް ހާއްސަ އޮޑިޓޯރިއަމެއެއްގެ އިތުރުން ދީނީ ދަރުސް ދިނުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ހޯލެއް ވަނީ މި މިސްކިތުގައި ގާއިމު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް