ހަ އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

އުމުރުން އެންމެ ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުރުމުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގާ އަންހެނަކު ހައްޔަރުކޮށްފައިވަނީ ދެކުނު ޕޮލި...

28 Mar 2022 | 06:16

އުމުރުން އެންމެ ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުރުމުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގާ އަންހެނަކު ހައްޔަރުކޮށްފައިވަނީ ދެކުނު ޕޮލިސް ރީޖަނުންނެވެ. އެ ރީޖަންގައި ހިމެނެނީ ގއ. ގދ. އައްޑޫސިޓީ އަދި ފުވައްމުލަައް ސިޓީއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ތުހުމަތުގައި އަންހެންމީހާ ހައްޔަރުކުރި ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހުގައެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ޖެންޑާ މިނިސްޓްރީއާއި ގުޅިގެން މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް