ދިރާގު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފި

ދިރާގުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނާއި އެންމެ ގިނަ ދުވަހު ވަޒީފާގައި އުޅުނު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފި އެވެ. މި އެވޯޑު ހަފްލާ ބާއްވާފައިވަނީ ރޭ ކްރޮސް ...

28 Mar 2022 | 04:08

ދިރާގުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނާއި އެންމެ ގިނަ ދުވަހު ވަޒީފާގައި އުޅުނު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފި އެވެ.

މި އެވޯޑު ހަފްލާ ބާއްވާފައިވަނީ ރޭ ކްރޮސް ރޯޑުގައި އެވެ.

ދިރާގުގެ އަހަރީ އެވޯޑް ހަފްލާގައި، އެ ކުންފުންޏަށް 10 އަހަރާއި 15 އަހަރު އަދި 25 އަހަރު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކުރި އެވެ. އޭގެތެރޭގައި އެ ކުންފުންޏަށް ގިނަ ދުވަހު މަސައްކަތް ކުރި 102 މުވައްޒަފަކަށް އެވޯޑް ދީފައިވެ އެވެ.

މީގެ އިތުރުން ޑިވިޝަން މެރިޓް އެވޯޑު 14 މުވައްޒަފަކަށާއި ސްޕެޝަލް މެރިޓް އެވޯޑު 12 މުވަައްޒަފަކަށް ދިނެވެ. އަދި އިނޮވޭޝަން އެވޯޑު ތިން މުވައްޒަފަކަށް ދިން އިރު ދެ މުވައްޒަފަކަށް އައުޓްސްޓޭންޑިން ލީޑާ އެވޯޑް ދީފައިވެ އެވެ.

ޗެއާމަންގެ އެވޯޑު ލިބުނީ، ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އިންޖިނިއަރު އިބްރާހިމް ޔާސިރަށެވެ. މި އެވޯޑް އޭނާއަށް ލިބުނީ މިދިޔަ އަހަރު ކާމިޔާބު ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިއުމުންނެވެ.

ދިރާގުގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރަން ސްޓާފް އެވޯޑް ނައިޓް ކޮންމެ އަހަރަކު ވެސް ބާއްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް