އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން 200 އަށްވުރެ ގިނަ ދަރިވަރުން ރޭގައި ދަސްވެނިވެއްޖެއެވެ.
ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އައިޔޫއެމް އިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ހާޞިލްކުރި ދަރިވަރުންނަށް އެވޯޑު ދީފައިވެ އެވެ.
ދަސްވެނިވި ދަރިވަރުންނާ އެވޯޑު ހަވާލުކުރެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު، ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢަބްދުއް ރަޝީދު ޙުޞެއިންނެވެ.
ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަދައްކަވަމުން ޢަބްދުއް ރަޝީދު ޙުޞެއިން ވިދާޅުވީ ކިތަންމެ ވަަރަކަށް ކިޔެވިޔަސް ރަނގަޅު ތަަރުބިއްޔަތެއް ނެތިއްޔާ އެމީހަކީ ކާމިޔާބު މީހެއްކަމުގައި ނުވާނެކަމަށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ރިވެތި އަހުލާޤު އިސްކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް