ޕީޕީއެމްގެ މެމްބަރުން އިންތިހާބު ކޮށްގެން ހޮވާފައިވާ ޕާޓީގެ ރައީސް ވަކި ނުކުރެވޭނެ ކަމަށް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީން ވަކި ކުރެއްވުމުން އެކަމާ ގުޅޭގޮތުން ރޭ ކުރެއްވެވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ޕީޕީއެމް އިން ވަކިކޮށްފައިވަނީ އެމަނިކުފާނު އިދިކޮޅު ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރައްވާތީ އާއި ސޯޝަލް މީޑިޔާ އާއި އެހެނިހެން ފޯރަމުތައް ބޭނުންކޮށްގެން ޕީޕީއެމްގެ އަސާސްތަކާ ޚިލާފުވެ ޕާޓީގެ ކައުންސިލްގެ ރުހުމެއްނެތި އިދިކޮޅުފަރާތްތަކާއެކު އެއްބަސް ވުމުގައި ސޮއިކުރެއްވާތީ އެ ޕާޓީގެ ސުލޫކީ ކޮމިޓީއިން މަޝްވަރާ ކުރުމަށްފަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް