މޮންގޯލިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ރައީސް އަށް ފަތްކޮޅު އަރުވައިފި

މޮންގޯލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން – ރެޒިޑެންޓް ސަފީރު، ގޮންޗިގް ގެންބޮލްޑް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންއަށް އަރުއްވައިފިއެވެ. ފަތްކޮޅު އެ...

28 Mar 2017 | 10:37

މޮންގޯލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން – ރެޒިޑެންޓް ސަފީރު، ގޮންޗިގް ގެންބޮލްޑް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންއަށް އަރުއްވައިފިއެވެ.

ފަތްކޮޅު އެރުއްވުމަށްފަހު، އޮތް ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީން ވިދާޅުވީ ރާއްޖެއާއި މޮންގޯލިއާ އަކީ ބައިނަލް އަގުވާމީ މައިދާނުގައި ވަރަށޤ ހިޔާލު އެއްގޮތް ދެގައުމު ކަމަށާއި ކުރިޔަށް އޮތްތަނުގައިވެސް މިގޮތަށް ދެމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމައް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ރާއްޖެއާއި މޮންގޯލިއާއާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އެކި ދާއިރާއިން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް