ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންނަށް ހިންގި ކޯހުގެ ދެވަނަ ބުރު ނިމިއްޖެ

އާންމުންނާއި މުއާމަލާތް ކުރަންޖެހޭ ފުލުހުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފްރޮންޓްލައިން އޮފިސަރސް ކޯސް ދޭއް ނިންމެވި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. އާންމުންނާއި މުއާމަލާތް ކުރަންޖެހޭ ފުލު...

28 Mar 2017 | 10:14

އާންމުންނާއި މުއާމަލާތް ކުރަންޖެހޭ ފުލުހުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފްރޮންޓްލައިން އޮފިސަރސް ކޯސް ދޭއް ނިންމެވި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

އާންމުންނާއި މުއާމަލާތް ކުރަންޖެހޭ ފުލުހުންނަށް ވަޒީފާގެ މާހައުލުގައި ދިމާވާ އެކިއެކި ކަންކަން ހޭންޑްލް ކުރާނެ ގޮތުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ތިއަރީ އަދި އަމަލީ ބައި ހިމަނައިގެން ކުރިއަށް ގެންދިޔަ މިކޯހުގައި 30 މުވައްޒަފުން ބައިވެރިވެފައިވާއިރު 27 މުވައްޒަފަކު ކޯސް ފުރިހަމަކޮށްފައި ވާ ކަމަށް ފުލުހުން ބުނެ އެވެ.

އިސްކަންދަރު ބިލްޑިންގައި އޮތް ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސަދަން އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމްއެވެ.

މީގެ އިތުރުން އާންމުންނާއި މުއާމަލާތް ކުރަންޖެހޭ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ފުލުހުންނާއި ޑިވިޜަންތަކުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވި މި ކޯހުގައި ބޭސިކް ކޮމިއުނިޓީ ޕޮލިސިންގ އާއި ޕެޓްރޯލިންގެ އުކުޅުތަކާއި އަދި މުހިއްމު ޤާނޫންތަކަށް އަހުލުވެރިކުރުވާފައިވާ ކަމަށް ވެސް މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް