އަންނަ މޭ މަހުގައި ބޭއްވުމަށް ހަމަ ޖެހިިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ވޯޓު ލުމަށް ބޭނުންވާ ފަރާތްތަކަކަށް އަލުން ރަޖިސްޓްރީ ވުމުގެ ފުރުަސަތު ހުޅުވާލައިފިއެވެ.
މޭ މަހުގެ 6 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރީ ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފާ ވާއިރު، އޭޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ވުމުގެ ފުރސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލް އިދާރާ ތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަށް ސިޓީގެ އަވަށްތަަކުގެ އޮފީހުން ރީ ރަޖިސްޓްރީ ވުމަށް އެދޭ ފޯމުތައް ދޫކުރުމާއި ބަލައިގަތުން ވަނީ ހަމަޖެހިފައެވެ. މާލެ ސިޓީގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުން ފޯމު ދޫކުރުމާއި ބަލައިގަތުން ވަނީ ހަމަޖެހިފަައެވެ. އަދި ސްރީ ލަންކާގައި ނަމަ ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީ ތަކުންނެވެ.
ހުޅުމާލެ އަދި ވިލިމާލޭގައި މޯބައިލް ސްޓޭޝަންތަކެއް ބަހައްޓާ، އެ ސްޓޭޝަންތަކުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތުވެސް މިއަދުން ފެށިގެން ވަަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް