ވިސާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމަކޮށްފި

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމް އާއި ދެކޮޅަށް އުފުލައިފައިވާ ދެވަނަ ދަޢުވާގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމަ ކޮށްފި އެވެ. މީގެ ކުރިން ވިސާމް ވަނީ އަނ...

28 Mar 2017 | 08:25

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމް އާއި ދެކޮޅަށް އުފުލައިފައިވާ ދެވަނަ ދަޢުވާގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމަ ކޮށްފި އެވެ.

މީގެ ކުރިން ވިސާމް ވަނީ އަނބުރާ ބެހުމުގެ ހުކުމުގެ ދަށުން 28،800 ރުފިޔާގެ ޖޫރިމަނާ ކޮށްފައެވެ.

މިއަދު ހުކުމް އިއްވި ދައުވާއަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ދައުވާއެކެވެ.

މި މައްސަލައާއި ގުޅޭގޮތުން ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްހަކަމާ މެދު ސުވާލު އުފެދި ވިސާމް ގެ މައްޗަށް މި ދައުވާ ސާބިތެއްނުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް